- Advertisement -ad image

އެގާރަ ޖެހުމާއި ހަމަޔަށް ވޯޓްލީ އެންމެ 4 އިންސައްތަ މީހުން

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

މިއަދުގެ ހެނދުނު 11 އާއި ހަމަޔަަށް ވޯޓްލާފައިވަނީ 4.70 އިންސައްތަ މީހުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އީސީއިން ނެރުނު ތަފާސް ހިސާބުން ދައްކާގޮތުގައި މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ޝަރުތު 56،002 މީހުންގެ ހަމައެވެ. ނަމަވެސް މިޙާތަނަށް ވޯޓްލާފައި ވަނީ ނިސްބަތުން ވަރަށް މަދު އިންސައްތަ އެކެވެ.

އެގޮތުން މިހާތަނަށް ވޯޓް ލާފައިވަނީ 2،633 މީހުންނެވެ. އަދި ބާކީ ވޯޓުނުލާ 53،369 މީހުން އެބަތިބިކަމަށް އީސީއިން ވަނީ ބުނެފަ އެވެ. 

މާލޭގެ މޭޔަރާއި ސިޓީ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް މީހުން ހޮވުމަށް މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓު ދިނުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ވޯޓުލާ މަރުކަޒުތަކުގައި ޖުމްލަ 58 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. 

މިއަދު ބާއްވާ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހި އިރެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00 ޖަހާއިރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ