- Advertisement -ad image

ޔޫއޭއީ އަދި ތައިލެންޑުންވެސް އާސަންދަ ލިބޭގޮތް ހެދުމުގެ މަސައްކަތް ފެށިއްޖެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ތައިލޭންޑްގެ ހޮސްޕިޓަލްތަކުންވެސް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން، ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނަން. އަދި އެކޮމަޑޭޝަން އެކްސްޕެންސެއް ހިމެނޭ ގޮތަށް އާސަންދަ ފުޅާ ކުރާނަން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ދެން ދާނީ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ