- Advertisement -ad image

ރައީސް އިލްތިމާސް ކުރެއްވީ މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް!

ad image

ގުޅުންހުރި ލިޔުންތައް


ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްޤު އަދާކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓު ލެއްވުމަށްފަހުއެވެ.

އެމަނިކުފާނު ވޯޓުލެއްވީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓުފޮއްޓަށެވެ. އެމަނިކުފާނު ވޯޓުލައްވަން ވަޑައިގެންނެވީ ޗައިނާ ދަތުރުފުޅު ނިންމަވާ ރާއްޖެ ވަޑައިގެންނެވުމަށްފަހުއެވެ.
ވޯޓުލެއްވުމަށްފަހު ރައީސް ވިދާޅުވީ ހުރިހާ ބޭފުޅުންވެސްލިބިފައިވާ ވޯޓު ދިނުމުގެ ހައްގު އަދާކުރެއްވުމަށެވެ. އީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ 21 އިންސައްތަ މީހުންނެވެ. ނަމަވެސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު 56 ހާސް މީހުންނަށް ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ