- Advertisement -ad image

ދެކުނު އޭޝިއާގެ އެންމެ ކުރީގައި އަނެއްކާވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓް ހިމެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޕާސްޕޯޓުތަކުގެ ތެރެއިން ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރު ކުރެވޭ ޕާސްޕޯޓްތަކުގެ ލިސްޓްގެ ކުރިއަށް ދިވެހި ޕާސްޕޯޓް ޖެހިލައިފި އެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ޝަރަފުގައި ހިފަހައްޓައިގެން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނުފޫޒު އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެގެ ޕާސްޕޯޓް ވަނީ 58 ވަނަ ހޯދާފައެވެ.

އިމިގްރޭޝަންއިން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން 2023 ވަނަ އަހަރު ވިސާ ނެތް 89 ގައުމަކަށް އެތެރެވެވޭގޮތަށް ރާއްޖެއޮތީ 61 ވަނައިގަ އެވެ.

އަދި 2024 ވަނަ އަހަރަށް ފާސްޓް ފޯވާޑް ކަމާއެކު ރާއްޖޭގެ ޕާސްޕޯޓް ވަނީ ތިން ދަރަޖަ އިގެ ކުރިއެރުމަކާއެކު 58 ވަނައަށް އަރާފައެވެ.

އެހެންކަމުން ރާއްޖޭގެ ޑިޕްލޮމެޓިކް ހުނަރުގެ އިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއާ މެދު އޮތް އިތުބާރު އިތުރުވަމުންދާ މިންވަރު ވެސް މި ޓްރެންޑުން ދައްކުވައިދޭކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

‎ދެކުނު އޭޝިއާގެ ޤައުމުތަކަށް ބަލާއިރު، ޕާސްޕޯޓުގެ ބާރަކީ ވަރަށް ބޮޑު ވާދަވެރި މުބާރާތެކެވެ.

‎މި މުބާރާތުގައި ސަރަހައްދީ ބޮޑު ގައުމެއް ކަމަށްވާ އިންޑިއާ އޮތީ ވިސާއާ ނުލައި 62 ގައުމަކަށް ވަދެވޭ ގޮތަށް ދުނިޔޭގެ 80 ވަނައިގަ އެވެ. ފާހަގަކޮށްލެވޭ އަނެއް ވާދަވެރިޔާ ބޫޓާން އޮތީ 87 ވަނައިގަ އެވެ.
ފާހަގަކޮށްލެވޭ ސައުތު އޭޝިއަން ރޭންކިން (2024):

  • ރާއްޖެ: 58 ވަނަ، 94 ވިސާ ނެތް ގައުމު
  • އިންޑިއާ: 80 ވަނަ، 62 ވިސާ ނެތް ގައުމު
  • ބޫޓާން: 87 ވަނަ، 55 ވިސާ ނެތް ގައުމު
  • ބަންގްލަދޭޝް: 97 ވަނަ، 42 ވިސާ ނެތް ގައުމު
  • ސްރީލަންކާ: 96 ވަނަ، 43 ވިސާ ނެތް ގައުމު
  • ނޭޕާލް: 98 ވަނަ، 40 ވިސާ ނެތް ގައުމު
  • ޕާކިސްތާން: 101 ވަނަ، 34 ވިސާ ނެތް ގައުމު
  • އަފްޣާނިސްތާން: 104 ވަނަ، 28 ވިސާ ނެތް ގައުމު

‎ހެންލީ ޕާސްޕޯޓް ރޭންކިންގެ އެއްވަނައިގައި ހަ ގައުމެއް ހިމެނިފައިވާއިރު، ފްރާންސް، ޖަރުމަނު، އިޓަލީ، ސިންގަޕޫރު، ޖަޕާން އަދި ސްޕެއިންގެ ޕާސްޕޯޓުން ވިސާ ނުނަގައި 194 ގައުމަކަށް ވަދެވޭނެ އެވެ.

‎މި ފެންވަރުގެ އެކްސެސްއިން މި ޕާސްޕޯޓުތަކުގެ ހަރުދަނާކަމާއި، އެ ޕާސްޕޯޓުތަކުން ފޯރުކޮށްދޭ ތަފާތު ބައިނަލްއަޤްވާމީ ކަނެކްޓިވިޓީގެ ވާހަކަ ހާމަވެގެންދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ