- Advertisement -ad image

މާލޭގެ މޭޔަރުކަން އާޒިމް ކާމިޔާބު ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މޭޔަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިކަން މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

މާލޭގެ މޭޔަރާއި މާލޭގެ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި މޭޔަރު ކަމަށް ފަސް ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ އާޒިމުގެ އިތުރުން ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހް އާއި އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ ޝުއައިބު އަލީ އާއި ހުސައިން ވަހީދު އެވެ.

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ސަރުކާރު ހިންގާ ގޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް ކުރީގައި އުޅުއްވަނީ 1،300 އެއްހާ ވޯޓުގެ ފަރަގަކާ
އެކީގަ އެވެ. 

ބައި-އިލެކްޝަން އޮތީ މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމަޔަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިގެން ވެއެވެ. ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައިވަނީ އެންމެ 17،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ