- Advertisement -ad image

ރައީސް ޔާމީން ނެތުމަކީ އިންތިހާބުން ބަލިވި ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން: އަބްދުއްރަހީމް

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެތުމަކީ އިންތިހާބުން ބަލިވި ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރާއި މާލޭގެ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ނަތީޖާއަށް ފަހު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ހަގީގަތުގައި ނުދެވުނު ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ މޭޔަރުކަމުގެ ގޮނޑި ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ޕީއެންސީއާ އެކު ނެތުމަކީ ނާކާމިޔާބާ ކުރިމަތިވި ސަބަބެއްތޯ އެހުމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނެތުމަކީ އިންތިހާބުން ބަލިވި ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ނިމިގެން މިދިޔަ އިންތިހާބުގެ ނަތީޖާ އިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް ވަރުގަދަ އަށް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނުފެންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ކައިރިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވައެވެ. އާޒިމަށް 7،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، އާޒިމާ އަށް ވަނީ 5،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ