- Advertisement -ad image

ޓެޓޫ ޖެހުމަކީ ހަރާމްކަމެއް: ފަތުވާ ކޮމިޓީ

ad image

ގުޅުންހުރި ލިޔުންތައް

ހަށިގަނޑުގެ އެތަން މިތަނުގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.

ޓެޓޫ ޖެހުމުގެ ހުކުމް ބަޔާންކޮށް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ މި ހުކުމަށް ވާސިލުވީ އެ މަޖިލީހުގެ މެމްބަރުން ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. މިއީ ފަތުވާ މަޖިލީހުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތަކާއި ބުއްދީގެ ހަމަތަކުގެ އަލީގައި ކުރި ދިރާސާއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ފަތުވާގައި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި، ދޫންޏާއި، ހަޔަވާނުތަކުގެ ސޫރަ ތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުގެ ނިޝާންތައް ކުރަހާފައި ބެހެއްޓުމުގެ ޝަރުއީ ހުކުމް އާއްމު ކުރައްވާފައެވެ.

“ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަ ނޫނޫން ހަރާމް ކަމެެއް ކަމުގަ އެވެ. އަަދި މިކަމަކީ މާތްﷲ ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީ،” ފަތުވާގައިވެ އެވެ.

ފަތުވާގައ ވާގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި،
އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ