- Advertisement -ad image

ރާއްޖޭގައި ހަލުވިކަމާއެކު އިންފުލުއެންޒާ ފެތުރެނީ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު އިންފުލުއެންޒާ އޭ އަދި އެޗްވަންއެންވަން ފެތުރެމުންދާ ކަމަށް އައިޖީއެމްޗްގައި އިންނަވާ ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ޑރ. މުހައްމަދު އަލީ މިކަމާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ވަނީ ފާއިތުވި އެއްމަސްތެރޭގައި އިންފްލުއެންޒާ ނިއުމޯނިއާ ޖެހިގެން މީހަކު މަރުވެފައިވާކަމަށް ވިދާޅުވެފަ އެވެ.

އަދި މިހާރުވެސް ވެންޓިލޭޓަރުގައި މި ބަލި ޖެހުނު 3 މީހަކު އެބައޮތް ކަމަށްވެސް ޑޜ. މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، މި ވައިރަހުގެ ސަބަބުން އިތުރު ޕެންޑަމިކްއަކަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަކަން ޑރ. މުހައްމަދު އަލީ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމަށްޓަކައި އެންމެންވެސް ފްލޫޝޮޓް ޖެހުމަށް އިލްތިމާސްކުރެއްވި އެވެ.

މި ބަލިން ދިފާއުވެވެން އޮތް ހަމައެކަނިގޮތަކީ ފްލޫޝޮޓްކަމަށާއި، މި ވެކްސިން އާސަންދަ ނުވަތަ އިންޝްއަރެންސްއިން ކުރިއަށް އޮތް ތަނުގައި ކަވަރ ކޮށްދޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ