- Advertisement -ad image

ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ގެންދަން ދެ ސަރުކާރުން މިއަދު ކުރި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ވަނީ ބައްދަލު ކުރައްވައިފައެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. ރައީސް މުއިއްޒާއި މޯދީ އެއްބަސްވެވަޑައިގެންނެވި ގޮތަށް “ހައި ލެވެލް ކޮމިޓީ” އެއް އުފައްދައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ދެގައުުގެ ގުޅުން ބަދަހިކުރުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެއްބާރުލުން ދިނުމަށް ވެސް މިއަދުގެ ބައްދަލުުވުމުގައި މަޝްވަރާކުރި އެވެ.

ރާއްޖެ-އިންޑިއާ ކޯ ގްރޫޕްގެ ބައްދަލުވުމެއް ދެން ބާއްވާނީ އިންޑިއާގެ ވެރިރަށް ނުއުދިއްލީގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފައެވެ. އެމަނިކުފާނު އެގޮތަށް ހުށަހެޅުއްވީ ހައި ލެވެލް ކޮމިޓީގެ ބައްދަލުވުމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ