- Advertisement -ad image

އިންތިހާބަކާއި ނުލައި ޕީއެންސީއިން 4 ގޮނޑި ކާމިޔާބުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ފެބުރުއަރީ 10 ގައި ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ބައި-އިލެކްޝަން ތަކުގެ ތެރެއިން އިންތިހާބަކާއި ނުލައި ކާފު އަތޮޅު ރައީސް ކަމާއި ދެ ރަށެއްގެ ކައުންސިލް ގޮނޑީގެ އިތުރުން ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ޕީޕަލްސް ނެޝަނަލް ޕާޓީ – ޕީއެންސީއިން ކާމިޔާބުކޮށްފި އެވެ.

މިއަދު “އެކްސް”ގައި އީސީގެ ވައިސް ޗެއާރމަން އަދި ސްޕޯކްސް ޕާރސަން އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ މި 4 ގޮނޑި ޕީއެންސީގެ ކެނޑިޑޭޓުން ކާމިޔާބު ކުރައްވާފައިވާކަން ހާމަކުރައްވާފަ އެވެ. 

މި ގޮނޑިތަކަށް އިންތިޚާބުވި ބޭފުޅުންނަކީ;

 ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އަހްމަދު އަނީސް
 ށ. މަރޮށި ކައުންސިލް މެންބަރު ކަމަށް ހުސައިން ނާޒިމް
 ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު ކަމަށް ހަސަން އާސިމް
 އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވަސީމާ އިބްރާހިމް

އެނގިފައިވާގޮތުގައި  ކެނޑިޑޭޓުންނަށްް އިންތިހާބަކާއި ނުލައި ގޮނޑިތައް ލިބިފައިވަނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ވަގުތުގައި އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ