- Advertisement -ad image

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިރުވައި މޫސުމާ އެކު ވައިގެ މިސްރާބު ބަދަލުވުމުން ރާއްޖެއަށް ކުރިމަތިވާ ވައި ނުސާވުމުގެ މައްސަލަ މި އަހަރު ވެސް ކުރިމަތިވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައި މިއަދު ވަރަށް ބޮޑަށް ނުސާފުވެއްޖެ އެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގެ ވައި ނުސާފުވެފައި ވާކަމަށެވެ. ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް ފާއިތުވި 24 ގަޑިއިރު ދުރު ފެންނަ މިންވަރު ވަނީ ފަސް ކިލޯ މީޓަރަށް ދަށްވެފައި ކަމަށް އެ އޮފީހުން ބުންޏެވެ.

“ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރެ އެވެ.” އެ އޮފީހުން ބުންޏެވެ.

ވައި ނުސާފުވާ މިންވަރު ބަލާލެވޭ “އައިކިޔު އެއާ ވިޝުއަލް އެޕް” އިން ދައްކާ ގޮތުން ރާއްޖޭގެ ވައިސާފް މިންވަރު ހުރީ 165 ގަ އެވެ. މިއީ ވައި ނުސާފުވުމުގެ ސަބަބުން އެންމެންގެ ހިތަށާއި ފުއްޕާމެއަށް އަސަރުކޮށްފާނެ މިންވަރެކެވެ. އަދި ފުއްޕާމެއާއި ހިތުގެ ބަލި މީހުންނަށް ނުރައްކާތެރި މިންވަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ