- Advertisement -ad image

ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫޢުތައް ފުޅާކުރާނަން: ސީޕީ

ad image

ގުޅުންހުރި ލިޔުންތައް


ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫޢުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިގޮތަަށް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޒަރީރު ވިދާޅުވީ މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައްކަމަށާއި، ޖަލުތަކުގައި ތިބި ޤައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީން ކަމަށާއި އެމީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ ޖިހާދެއް ކަމަށެވެ.

ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ ޖަލުގައި ތިބި ޤައިދީންނާއި މަސައްކަތްކުރާ އޮފިސަރުން ގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މަސައްކަތްކުރައްވަމުން ދާނެކަމަށް ކަށަވަރު ކޮށްދެއްވިއެވެ.
ޤައުމުގައި ހުރި އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫޢުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ތަޢުލީމީ ފުރުޞަތު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ސީޕީ ފާހަގަކުރެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެމްސީއެސްއިން ކުރާ މަސައްކަތްތައް ޢާންމުންނަށް ސާފުކޮށް ނޭނގޭ ކަމަށާއި ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވާ 100 އިން އެއް އޮފިސަރުގެ ސަބަބުން އެމްސީއެސްގެ މޫނުމަތި ހަޑިވެފައިވާ ކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ޢަމަލުތައް ކުރުމާ ދުރުހެލިވެ، ހުވަޔާ އެއްގޮތަށް ސާބިތުކަންމަތީ ތިބުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ