- Advertisement -ad image

ހަތް އަހަރު ވަންދެން ބަންދުކޮށްފައި އޮތް ސަބުދެލިމަގު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ހަތް އަހަރު ވަންދެން ހިރިޔާ ސްކޫލާއި ސޯޝަލް ސެންޓަރާ ދެމެދު ބަންދުކޮށްފައި އޮންނަ ސަބުދެލި މަގު މިއަދު ހުޅުވައިފި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި ކަނބާ އައިސަ ރަނި މަގާއި ދެމެދު އޮންނަ ސަބްދެލި މަގު ހުޅުވީ މަރާމާތަށް ފަހުގައި ކަމަށެވެ.

ސަބުދެލިމަގު ސާފު ކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރަން ފެށީ މި މަހުގެ ކުރީކޮޅުގައެވެ. އެގޮތުން، އެތަން ސާފު ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ވަނީ ކޮށްފައެވެ.

އެ މަގު މިހާރު ސާފުކުރުމުގެ މަސައްކަތްކޮށް ނިމުމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ވަނީ މަގުގެ ގައު އެތުރުމުގެ މަސައްކަތާއި ސްޓޯމް ވޯޓަރ ޤާއިމް ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ މަގު ކުރެހުމުގެ މަސައްކަތެވެ.

ސަބްދެލި މަގު ބަންދު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގަ އެވެ. އެ މަގު ބަންދު ކުރީ އެތަނުގައި ރިސޯޓް ކޮންސެޕްޓަށް ތަރައްގީ ކުރަން އުޅުނު މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ