- Advertisement -ad image

ބޮޑުތަކުރުފާނު މަގުގައި ހުރި ފިއުލް ޕަމްޕު ސްޓޭޝަން ނަގަން އެމްޓީސީސީއަށް

ad image

ގުޅުންހުރި ލިޔުންތައް


މާލޭ ބޮޑުތަކުރުފާނު މަގުގައިހުރި ފިއުލްޕަމްޕް ސްޓޭޝަން އެތަނުން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. ފިއުލްޕަމްޕު ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވަނީ އެދިމާލު ފަޅުން ބައެއް ހިއްކުމަށްފަހު އެތަނަށެވެ.

އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށް ނިންމެވީ، އެ ސްޓޭޝަން އެތަނުގައި ހުރުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާތީކަމަށެވެ. ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރުމަށްކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެމްޓީސީސީ އާއި މަޝްރޫޢު ހަވާލުކޮށްފައިވަނީ، މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށެވެ. އަދި މަޝްރޫޢަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ އަމިއްލަ ބަޖެޓުންކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ އައު ޕަމްޕް ސްޓޭޝަން ޤާއިމްކުރުމަށް ފަޅުގައި ކޮންކްރީޓު ޝީޓެއް އަޅާނެކަމަށާއި، އެ ޝީޓު އަޅާނީ މޫދުގައި ސާރވޭ ކުރުމަށްފަހު، އެންވަޔަރަމަންޓަށް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭގެ ހުއްދައާއެކުކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަނަކީ މާލޭގައި ހުންނަ ސްޓެލްކޯގެ ޕަވަރ ޕްލާންޓަށް ޑީސަލް އެޅުމަށް ބޭނުންކުރާ ސްޓޭޝަނެވެ. ސްޓެލްކޯއިން ބުނީ ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނީ، ޚިދުމަތްތަކަށް ބުރޫ ނަރާނެގޮތަށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ