- Advertisement -ad image

ރޯދަ މަހަށް ހާއްސަކޮށް ފޭސް ދެއެއްގައި މިސްކިތެއް އަޅަނީ

ad image

ގުޅުންހުރި ލިޔުންތައް


ރަމަޟާންމަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް ދެއެއްގައި މިސްކިތެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާއިރު 150 މީހުންގެ ޖާގަ ހިމެނޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމާލުން ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.

މި މިސްކިތް ބިނާކުރަމުން އަންނަނީ ހިޔާ ފްލެޓް ސަރަހައްދުގައެވެ. އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން ވަގުތީ މިސްކިތް ނިންމާ އާއްމުންނަށް ހުޅުވާލުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ