- Advertisement -ad image

މަޖިލިސް އިންތިހާބުގައި އަދާލަތަށް ވާދަކޮށްލަން ކެރެނީ 4 ދާއިރާއަށް

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރާނީ އެންމެ ހަތަރު ދާއިރާއަށް ކަމަށް ނިންމައި އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
އަދާލަތު ޕާޓީން ވަނީ 19 ވަނަ މަޖިލިހުގެ އިންތިހާބުގައި 9 ދާއިރާއަކަށް ވާދަކޮށްފައެވެ. ނަމަވެސް 19 ވަނަ މަޖިލީހުގެ އެއްވެސް ގޮނޑިއަކަށް އަދާލަތު ޕާޓީގެ މެންބަރަކު އިންތިހާބެއްނުވިއެވެ.
މި ތަޖުރިބާއަށް ބަލައި އަދާލަތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ ވައިކަރަދޫ ދާއިރާއާއި މަކުނުދޫ ދާއިރާއާއި އިނގުރައިދޫ ދާއިރާ އަދި ފެލިދޫ ދާއިރާ އަށެވެ.
އެޕާޓީން ކުރި އިއުލާނެއްގައި ބުނީ މި ދާއިރާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވާ އަންގާރަ ދުވަހުގެ 16:00 ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މާރޗު 17 ވަނަ ދުވަހުއެވެ. މިފަހަރު މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ