- Advertisement -ad image

މަޖިލިސް އިންތިހާބު އޮބްޒާވް/މޮނިޓަރ ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

17 މާޗް 2024ގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް/މޮނިޓަރ ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށް އާންމުކުރި މި އިއުލާންގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޚާބީ ކަންކަން އޮބްޒާވްކޮށް މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބުގައި ބައިވެރިވާ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނިޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

އުމުރުން 18 އަހަރު ފުރިފައިވުން.
ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކުން އެކްރެޑިޓްކުރާ އިންތިޚާބީ ޙަރަކާތްތަކާ ގުޅުންހުރި މަންދޫބުންނަށް ވުން
އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކުރުމުގައި ބައިވެރިވާ ފަރާތަކަށް ނުވުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނީޓަރުން ޢަމަލުކުރަންވާނީ ދުސްތޫރީ ޤާނޫނު، 11/2008 އިންތިޚާބު (ޢާންމު) ޤާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024 ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން.

އަދި އެކްރެޑިޓް ކޮށްފައިވާ ހުރިހާ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ލޮޖިސްޓިކް އިންތިޒާމުތައް ހަމަޖެއްސުމަށް ގުޅަމުންދާނެކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

މި އިއުލާންގައި ވާގޮތުން އެރައިވަލް އިން ފެށިގެން ރާއްޖެ އިން ފުރައިގެން ދިއުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް، ވިސާ އަދި އިންޝުއަރެންސް އުފުލަން ޖެހެނީ އޮބްޒާވަރު/މޮނިޓަރު އަމިއްލައަށް ނުވަތަ އޭނާ ތަމްސީލުކުރާ މުއައްސަސާއަކުންނެވެ.

އަދި އެކްރެޑިޓް ކޮށްފައިވާ ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ކުރު ސެޝަންތަކަކާއި ފާސްތައް އެ ކޮމިޝަނުން ހަމަޖައްސައިދޭނެކަމަށްވެސް އީސީއިން ބުނެފައި ވެއެވެ. މީގެއިތުރުން އީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވާ އޮބްޒާވަރުންނާއި މޮނީޓަރުން ހުރިހާ ލޮޖިސްޓިކްސް އަކާއި އެހެނިހެން އިންތިޒާމުތައް އަމިއްލައަށް އިންތިޒާމު ހަމަޖެއްސުމަށް ބުނެފަ އެވެ.
އަދި އެހެން ފަރާތްތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ބޭނުންވާ އޮބްޒާވަރުންނާއި މޮނީޓަރުން، ހުރިހާ ބައްދަލުވުންތަކާއި ލޮޖިސްޓިކް އިންތިޒާމްތަކާއި އެހެނިހެން ހަރަކާތްތައް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލައަށް އިންތިޒާމުކޮށް، ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަން އިލްތިމާސް ކޮށްފައިވެއެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށްް ވުމަށް އެދޭ ފޯމު ބަލައިގަތުން އޮންނާނީ 30 ޖެނުއަރީ އިން 16 ފެބްރުއަރީ 2024 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ