- Advertisement -ad image

އާޒިމަށް ނަރީޝްގެ ރައްދު: ސަރުކާރުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ!

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހުން ވެސް ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާނެކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދާދިފަހުން ސިޓީކައުންސިލްގެ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމްއަށް ރައްދު ދެއްވައިފި އެވެ.

ނަރީޝް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ދަށުން ހިންގަމުން އައި ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރަން ނިންމުމާއި ގުޅިގެން ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައްވާފައި ވަނިކޮށެވެ.

“އެކްސް”ގައި ނަރީޝް ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 130 ވަނަ ޖަލްސާއަށް އޮތީ މަޝްރޫއުތަކާ ގުޅޭ ގޮތުން ހުރި ބައެއް ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ކައުންސިލުން ބޭނުންވާ ގޮތަށް މާލޭގެ މައި ތިން މާރުކޭޓް އެއް އިމާރާތަކަށް ގެނައުމަށް އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަޝްރޫއު އާއި ޕާކިން ބިލްޑިންތަކުގެ މަަޝްރޫއު ސަރުކާރާ ހަވާލުކުރުމަށެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ހުށަހެޅުން ފާސްވީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 ކައުންސިލަރުންގެ ތެރެއިން 10 ކައުންސިލަރުންގެ ވޯޓުންނެވެ. އެއް ކައުންސިލަރު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.

މިކަމަށް ފާޑު ވިދާޅުވެ އާޒިމް ރޭ ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާ ކަމަށެވެ. 

ހަމައެހެންމެ، ރައްޔިތުން ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރު ބޭފުޅުން ސިޓީ ކައުންސިލް ތެރެެއަށް ވަންނަވައިގެން ކައުންސިލުގެ މަސައްކަތްތައް އަތުލެއްވުމަށް ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ނަމަވެސް ނަރީޝް ވަނީ މާލެ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވުމުން ކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. އާދަމް އާޒިމަކީ މިގައުމު ހަލާކުކުރަން އުޅޭ އެމްޑީޕީގެ މީހެއްނޫން އާޒިމަކީ އެމްޓީސީސީގަ އެތަށްބައިވަރު ޖަރީމާތަކެއް ހިންގާފަހުރި މީހެއް ސިޓީ ކައުންސިލްގެ މޭޔަރުކަމައް ކުރިމަތިލީވެސް އެކަހަލަ ޖަރީމާތަށް ހިންގޭނެކަމައް އކަމަކު އާޒިމަށް މިހާރުއެގޭ ތިމަންނަ ބޭނުންހާގޮތެއްނުހެދޭންކަން އެހެންވީމަ އެއަގަ އެތަޅުވަނީ ޕީޕީއެމް ޕީއެންސީގެ މެޖޯރިޓީ ކައުންސިލްގަ އޮވެގެން އާޒިމް ބޭނުންހާގޮތެއްނުހެދޭނެ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ