- Advertisement -ad image

ދާޙިލީ ހަމަނުޖެހުންތައް ހިނގަމުންދާ ޤައުމުތަކަށް ޖިހާދަށް ދިއުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

ad image

ގުޅުންހުރި ލިޔުންތައް

ދާޙިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ދިވެހިން ޖިހާދުގެ ކުރުމުގެ ނަމުގައި ދިއުމަކީ ހުއްދަކަމެއް ނޫންކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

އިސްލާމީ ފިޤްހް އެކަޑަމީން މިއަދު ނެރުނު ފަތުވާގައި ވަނީ މި މި ފަހަކަށް އައިސް ދާޙިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ދިވެހިން ޖިހާދުގެ ކުރުމުގެ ނަމުގައި ދާތަން ފެންނަކަމަށް ބުނެފަ އެވެ. އަދި ބައެއް ސަބަބުތަކާހުރެ އެކަން ހުއްދަ ނުވާނޭކަން އެހާރާއި މިހާރުގެ އިލްމުވެރިން ފަތުވާ ދެއްވާފައިވާކަމަށް ފަތުވާ މަޖިލީހުން ބުނެފައި ވެއެވެ.

ދާޙިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދަށް ދިއުން ހުއްދަ ނުވާ ސަބަބުތަކުގެ ތެރޭގައި މުސްލިމުން މުސްލިމުންނާއި ހަނގުރާމަ ކުރުމަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސާފު ޞަރީޙަ ބަސްފުޅުތަކުން ޙަރާމްކަމެއް ކަމަށް ފަތުވާގައި ބުނެފައި ވެއެވެ. 

މީގެއިތުރުން ފަތުވާގައި ވަނީ އިސްލާމީ އުއްމަތްތކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ފިތުނައެއް ކަމަށާއި، ފިތުނައެއް ކުރިމަތިވުމުން އަމަލުކުރަންވީގޮތް ކީރިތި ރަސޫލާ صلى الله عليه وسلم ވަރަށް ސާފުބަހުން ބަޔާންކޮށްދެއްވާފައިވާކަމަށް ފަތުވާގައި ބުނެފައި ވެއެވެ. އެގޮތުން އެކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާ ކުރުމާއި، އެކަމަށް ކެތްތެރިވުމާއި ބައިބައިނުވުން ފަދަ ކަންތައް ފާހަގަކޮށްފައިވެއެވެ.

ފަތުވާގައި ވަނީ މިފަދަ ދާޙިލީ ހަމަނުޖެހުންތަކަކީ އިސްލާމީ ޤައުމުތަކާއި ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތްތަކެއްގެ ބޮޅުތަކުގެ ތެރެއިން ބޮޅެއް ކަމަށް ބުނެފަ އެވެ. ހަމައެހެންމެ، މިހާރު ދާޙިލީ ހަނގުރާމަ ހިނގަމުންދާ ސީރިޔާ ފަދަ ޤައުމުތަކުގައި އެކަމަށް ތަމްރީން ވެފައިވާ ޖިހާދުކުރަން ބޭނުންވާ އެ ޤައުމުގެ ޒުވާނުން ތިބިކަން ފަތުވާގައި ފާހަގަކޮށްފައި ވެއެވެ. އަދި ިއަދުގެ ހާލަތު އޮތްގޮތުން އެމީހުންގެ ގާތަށް އިތުރު ބަޔަކު ދިއުމަށް ނޭދޭކަމަށް ވެސް ބުނެފައި ވެއެވެ.

މީގެއިތުރުން އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމްވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސީރިޔާ ފަދަ ބައެއް އިސްލާމީ ޤައުމުތަކުގެ ހާލަތަށް ބަލާއިރު، ޖިހާދު އަދި ޢައިނިއްޔަ ފަރްޟަކަށް ނުވެއެވެ. އަދި ކިފާޔަތުގެ ފަރްޟެއްކަމަށް ބަލާނަމަވެސް ޖިހާދަށް ދެވޭނީ ޤައުމުގެ ވަލިއްޔުލްޢަމްރުގެ ހުއްދައިގެން އިތުރުން މައިންބަފއިންގެ ވެސް ހުއްދަ ލިބިގެން ކަމަށް ބުނެފަ އެވެ.

މިފަތުވާގައި ވަނީ މިކަމާއި ގުޅުންހުރި ހަދީޘްފުޅުތައް ވެސް ގެނެސްދީފަ އެވެ.

އިސްލާމީ ފިޤްހް އެކަޑަމީން މި ފަތުވާ ނެރެފައި މިވަނީ ދާދިފަހުން ސީރިޔާއަށް ޖިހާދަށް ގޮސްތިބި 21ދިވެހިން އަނބުރާ ރާއްޖެ ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ