- Advertisement -ad image

ފޭސް ދެއެއްގައި އަޅަމުންދާ 1500 މީހުންގެ ޖާގައިގެ މިސްކިތް ރޯދައަށް ނިންމަނީ!

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް ދެއެއްގައި އަމިއްލަ ފަރާތަކުން އަޅަމުންދާ 1500 މީހުންގެ ޖާގައިގެ މިސްކިތެއް މި ރަމަޟާންމަހަށް ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ފޭސް ދެއެއްގައި ހަދަމުންދާ މިސްކިތްތައް ބައްލަވާލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު މީޑިއާތަކަށް ފޮނުވި އިންޓަރވިއުއެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ގެންދަވަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެހޮތުން އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން 1500މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެ. ހުރިހައި ދާއިމީ މަޝްރޫޢެއް ގިނަވެގެން 2 އަހަރު ތެރޭ ނިންމޭނެ “ ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެތެރޭގައި އަހަރުތަކެއް ވެފައިވާ ބައެއް މަޝްރޫޢުތައް ދެން ލަސްތަކެއް ނުވެ ނިމޭނެ ކަމަށެވެ. އަދި ފޭސް ދެއެެއްގެ ދާއިމީ މިސްކިތްތައް އަވަހަށް ނިންމުމަށް އެހީތެރިވުމަކީ ރައީސް ޑރ މުއިއްޒުގެ އަމާޒު ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
“ ފޭސް 2ގެ މިސްކިތްތައް ނިމޭ އިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަކަށް “ ޝަހީމް ވިދާޅުވިއެވެ.
ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 3 ހާސް މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1162 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ދެވަނަ ފޭސްގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފޭސްގެ ދިރިއުޅޭ މީހުންގެ ތެރެއިން ރީތިކޮށް ކިޔަވާ އިލްމީ ފަރާތްތައް. ކަމަށާއި ޚާއްޞަކޮށް ޙާފިޒުންނަށް އިސްކަން ދެވޭނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މި ރަމަޟާން މަހު ފޭސް ދޭގައި ހުޅުވޭ ދާއިމީ މިސްކިތުގައި ދަމު ނަމާދު ވެސް އޮންނާނެ ކަން ވަޒީރު ވަނީ އިއުލާން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ