ރަމަޟާން މަސް އިޙްޔާ ކުރުމަށް ބާއްވާ ދެވަނަ އިޙްޔާ ފޯރަމް މިރޭ ބާއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މިރޭގެ ފޯރަމްގައި ތަޤްރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުކަމަށެވެ. މިރޭ ބާއްވާ ފޯރަމްގެ މައުލޫއަކީ ކީރިތި ޤުރުއާނާއި ހަޔާތާއި ހުރި ގުޅުމެވެ.
އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ މާލޭގެ އިތުރުން އަތޮޅުތަކުގައި ބާއްވާ ފޯރަމްތަކާއި ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު ކުރިއަށްދާނެ ކަމަށް ބުނެފައެވެ. އަދި މި ރަމަޟާންމަހު ބޭއްވޭ ކޮންމެ އިޙްޔާ ފޯރަމެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުން ހޮވޭ ފަރާތްތަކަށް އިނާމު ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ
މިރޭގެ ފޯރަމްވެސް އޮންނާނީ 9:45ގައި އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައެވެ.