Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

ފުލުހުންގެ މުސާރަ މިމަހުން ފެށިގެން 35 އިންސައްތަ ބޮޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހުރިހާ ފުލުހުންގެ މުސާރަ މިމަހުން ފެށިގެން 35 އިންސައްތަ ސަރުކާރުން ބޮޑުކޮށްދެއްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުސާރަ މިމަހުން ފެށިގެން 35 އިންސައްތަ ސަރުކާރުން ބޮޑުކޮށްދެއްވާފައިވާއިރު، އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ. ފުލުހުންގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެގޮތުން ކޮންމެ ފުލަހަކަށްވެސް ޚާއްސަ އިނާޔަތެއް ލިބޭނެގޮތް ހެދުމެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް މިހާ ބޮޑު ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެެވެ. މުސާރައިގެ އޮނިގަނޑު ޒަމާނީކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފުކުރުމުގެ ގޮތުން ކުރިން ދެމުންއައި އެލަވަންސްތަކަށް ވަނީ ބަދަލުގެނެސްފައެވެ.

މި ގެނެވުނު ބަދަލާއެކު ފުލުހުންގެ ތެރެއިން އެންމެ މަދުން މުސާރަ ލިބޭ ކޮންސްޓަބަލުން ރޭންކުގެ ފުލުހުންނަށްވެސް މިހާރު މަދުވެގެން 15،500 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްތަކާއެކު ކޮންމެ މަހަކުވެސް މަދުވެގެން 17،000 ރުފިޔާ ލިބޭނެއެވެ. ކުރިން މި ރޭންކުގެ ފުލުހެއްގެ މުސާރައަކީ 11،810 ރުފިޔާއެވެ. މީގެ އިތުރުން މަގުމަތީގައި ހަރަކާތްތެރިވާ ޕެޓްރޯލްމަނުންނަށް އިތުރު 1،000 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އަދާކުރާނަމަ އިތުރު 750 ރުފިޔާ ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ