ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓުރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާ ވަނީ މަރުވެފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. އެމިހާ ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ ފަތިހު 5:15 އެހާއިރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހި ހިތާމަވެރި ހާދިސާއެއް ރޭ ހިނގާފައިވާ ކަމަށެވެ.



