- Advertisement -ad image

ރަށުތެރޭގެ އަމާންކަން ގެއްލޭ ފަދަ އަމަލު ހިންގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ: އިހުސާން

ad image

ގުޅުންހުރި ލިޔުންތައް


ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިގޮތަށް ވިދާޅުވެފައި މިވަނީ ރޭ އިރާކޮޅު ހެންވޭރުގައި ހިންގި މާރާމާރީއާއި ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ އިހުސާން ވިދާޅުވީ، ރޭ ހެންވޭރުގައި ހިންގި މާރާމާރީއާއި ގުޅިގެން އެކަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައި ކަމަށެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށާއި ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުންދަނީ މިފަދަ ކަންކަން ހުއްޓުވުމަށް ސަލާމަތީގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ