- Advertisement -ad image

ގެދޮރު އަޅަން ލުއި ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އަލަށް ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު ޟަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި ގިނަބަޔަކު އެބަތިބިކަމަށެވެ. އެހެންނަކަމުން އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ފަންނީ އަދި ޓެކްނިކަލް މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށާއި، ބާކީ ހުރި މަސައްކަތްތައް ނިންމާ ވަރަށް އަވަހަށް އެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލޯނުތަކަކީ ހަމައެކަނި މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ޚާއްސަ ލޯނުތަކެއް ނޫންކަމަށާއި މިއީ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށްވެސް ޚާއްސަ ލޯނެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި މި މައްސަލަ ބޮޑުވެފައިވާކަމަށާއި އާބާދީގެ ގޮތުންވެސް މާލޭ ސަރަޙައްދުގައި ގިނަ މީހުން ދިރިއުޅޭތީ ލޯނުގެ ބޮޑުބައެއް މާލެ ސަރަޙައްދަށް ލިބޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ