- Advertisement -ad image

ހެންވޭރު ދެކުނު ދާއިރާގެ އަމިއްލަ ކެންޑިޑޭޓު، ޕީއެންސީގެ ކެންޑިޑޭޓު އިންމުއަށް ތާއިދުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް ޔާމީންގެ ތާއީދާއިއެކު ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރާ އިބްރާހިމް މުހައްމަދު (ނިޝާން)، އެ ދާއިރާއަށް ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓު އިމްރާން ލަތީފް (އިންމު) އަށް ތާއީދުކޮށްފިއެވެ.

ޕީއެންސީގެ ކެންޑިޑޭޓު އިންމު އަށް ތާއީދު ކުރިކަން ނިޝާން ހާމަ ކޮށްފައި ވަނީ މިއަދު މެންދުރު ހެންވޭރު ދެކުނު ދާއިރާގައި ކުރިޔަށް ދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގެންނެވި މިހަރަކާތުގެ ވަކި ހިސާބަކުން ނިޝާން ބައިވެރިވިއެވެ.
އަދި އެ ހަރާކާތުގެތެރެއިން ރައީސް މުއިއްޒުއާ އަދި ވަޒީރުންނާއި ވެސް ނިޝާން ސަލާމްކުރިއެވެ.


އިންމުއަށް ތާއީދުކުރަން ނިޝާން ނިންމީ ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެ ގޮނޑި ސަރުކާރު ކެންޑިޑޭޓަށް ކާމިޔާބުކުރުމަށް މަގު ފަހި ކުރުމަށްޓަކައެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ