މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލު ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް މެނުވީ މިވަގުތު ނުކުރެއްވުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ މަގުތަކުން ފެން ހިންދުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.
މާލެއަާށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ އިތުރު ސަރަހައްދުތަކުގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މާލޭގެ 14 ގެއެއްގައި ވެލިބަސްތާ ޖެހުމުގައި ވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.



