- Advertisement -ad image

ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލު ކޮށްފި އެވެ.

މި ޕްރޮޖެކްޓަކީ 2.9 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުޑަ އިންޓްރެސްޓަކާ އެކު ދޭން އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ޕްރޮޖެކްޓެކެވެ.

ދ. އަތޮޅުގެ މަޝްރޫއު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވަނީ ބުނެފައެވެ.

ފުރަތަމަ ފިޔަވަހީގައި ބަނދަރު ތަރައްގީ ކުރުމާއި ލޭންޑިން ފެސިލިޓީއާއި އެކޮމޮޑޭޝަނާއި މަގުތަކުގެ އިތުރުން 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީ އެއް ގާއިމް ކުރާނެއިރު ދެވަނަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދުވާލެއްގެ މައްޗަށް 50 މިލިއަން ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޅ. ފެލިވަރުގައި އިތުރަށް 100 ޓަނު، ދ، މާދެލީގައި 50 ޓަނު އަދި ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭފެންވަރުގެ ފެކްޓްރީތައް އަޅާނެ އެވެ.

އިއްޔެ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ އަމާޒު ހުރީ ކުރިން ބޭރު ކުރާގޮތަށް ރޯމަސް ބޭރުކުރާ ގޮތަކަށް ނޫންކަަމަށާ، މި ސަރުކާރުގެ ވިސްނުމަކީ މަސް ފްރޮސެސް ކުރުމަށްފަހު މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ކަމަށެވެ.

ފެލިވަރު ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ 38 އަހަރުވީ ކެނެރީގެ ބަދަލުގައި ދުވާލެއްގެ މައްޗަށް 100 މިލިއަން ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ