- Advertisement -ad image

ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ސްޓެލްކޯގެ ޓީމެއް ކުޅުދުއްފުއްޓަށް

ad image

ގުޅުންހުރި ލިޔުންތައް

ކަރަންޓު ކެނޑިފައިވާ ހދ. ކުޅުދުއްފުއްޓަށް ކަރަންޓު ލިބޭނީގޮތް ހެދުމަށް ސްޓެލްކޯގެ ޓީމެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު 9:25 ހާއިރު ކުޅުދުއްފުށިން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެންނެވެ.

ފަހުމީ މިއަދު ހަވީރު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިގެ އެދުމުގެ މަތިން މިކުންފުނީގެ ގިނަދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ އެ ރަށާއި ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.

އަދި ފެނަކައިގެ މުވައްޒަފުންނާއި ގުޅިގެން އެ މައްސަލަ ޙައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ޚިދުމަތް ޔަގީންކޮށްދެވިގެންދާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް މިދިޔަ މަހު 27ގައި ވަނީ އެރަށަށް ފޮނުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ