- Advertisement -ad image

މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް ކަރަންޓްދީފި

ad image

ގުޅުންހުރި ލިޔުންތައް


ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ކުޅުދުއްފުށީ ސިޓީއަށް ކަރަންޓު ދީފިއެވެ.
ސްޓެލްކޯގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފައިވަނީ މިރޭގެ ވަގުތެއްގައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް އެމްޑީ ފަހުމީ ވަނީ ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވާފައެވެ.
މިއަދު ހެނދުނު 9:25 ހާއިރު ކުޅުދުއްފުށިން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެންނެވެ.
ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް މިދިޔަ މަހު 27ގައި ވަނީ އެރަށަށް ފޮނުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ