ކުޑަ އިންޓްރަސްޓް ރޭޓެއްގައި ލޯނު ނެގޭނެ ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމާއި ފިޔަވަޅުތައް އެޅުމު މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އދ. ގެ ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލްގައި ދެއްވި ތަޤްރީރެއްގައި މިނިސްޓަރ ފައިސަލް ވަނީ އިޤްތިޞާދީ ކުރިއެރުން ހާސިލްކުރުމަށްޓަކައި އިންވެސްޓްމަންޓްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މިޖަމްޢިއްޔާގައި ހިމެނޭ ގިނަ ކުދި ޤައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުންކަމަށެވެ
އަދި ދުނިޔޭގެ ރިސެޝަން ނުވަތަ ބޭރުގެ ލޮޅުންތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ބޮޑު އަގެއްގައި ނަގާ ބޭރުގެ ދަރަނިތަކަކީ ދެމެހެއްޓެނިވި ދަރަނިތަކެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ ދަރަނި އިތުރުވުމުގެ ސަބަބުން ޤައުމަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ދޫކުރުމުގެ ޤާބިލުކަން ކުދި ޤައުމުތަކުގެ ދައުލަތްތަކުގައި ނުހުންނަކަމަށް ވިދާޅުވެފަ އެވެ.
“އެހެން ކުދި ގައުމުތަކޭ އެއްގޮތަށް ރާއްޖެއަށް ވެސް ބޭރުން ފައިސާ ހޯދުމަށް ދާ ހަރަދު ބޮޑު. އެހެންވެ، ދަރަނި އަނބުރާ ދައްކަން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވޭ. އެހެންވެ، މުހިއްމު ދާއިރާތަކަށް އިންވެސްޓްކުރަން ބޮޑެތި ހުރަސްތައް ކުރިމަތިވޭ،” އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކާމިޔާބީއާ އެކު މިހާރު މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ހާލަތަށް ބަދަލުވެފައިވާތީ ކޮންސެޝަނަލް ފައިނޭންސިން ހޯދަން ހުރަސްތައް އެބަހުރި ކަމަށާއި، ރާއްޖެއަށް މަޖުބޫރުވަނީ އެއަށް ވުރެ އަގު ބޮޑު އޮޕްޝަންތަކަށް ބަރޯސާވާން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކުޑަތޯ ބޮޑުތޯ ނޫން ބަލަންވީ ހަލާލުތޯ ހަރާމް ތޯ ބަލަންވީ