- Advertisement -ad image

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނިމިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން އެ ފަޅުން 192 ހެކްޓަރު ހިއްކާފައިވެ އެވެ.

ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކުރީ ބޮސްކާލިސްއާއެވެ.

‘ރަސްމާލެ’ މަޝްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ