- Advertisement -ad image

ވައިގަދަވެ ކެމްޕެއިން ބިލްބޯޑުތައް މަގުމައްޗަށް ވެއްޓޭތީ ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ކެންޕެއިން ބިލްބޯޑު މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ހިނގާތީ އެކަމަށްސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އިންތިޚާބުގެ ކެންޕެއިންގެ ފޯރި ގަދަވެ، ބިލްބޯޑުތައްފަދަ އެތައް ކެމްޕެއިން ޕޯސްޓަރުތަކެއް މަގުތަކުގައި ދަނީ ހަރުކުރަމުންނެވެ. ޚާއްސަކޮށް މާލޭގައި އެންމެ ގިނައިން މީހުން ހަރަކާތްތެރިވެ އުޅޭ ހިސާބުތަކުގައި ގިނަ ބިލްބޯޑުތައް ހަރުކޮށްފައި އެބަހުއްޓެވެ.

ފުލުހުން ބުނީ މިދުވަސްވަރު ވައި ގަދަވުމުގެ ސަބަބުން ބައެއް ބިލްބޯޑުތައް މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ހިނގާކަމަށެވެ. އެހެންކަމުން ވައިގަދަވާ ވަގުތުތަކުގައި މަގުމަތި ބޭނުންކުރާއިރު މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުން ވަނީ މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައި ހުންނަ ބިލްބޯޑުތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރުކުރުމަށް އެތަކެތި ބަހައްޓާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ