ދުޢާއަކީ ރައީސް ޔާމިން އަށް އިންސާފުލިބި މިނިވަން ވެގެން އައުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތްގޮތުން އުނދަގޫތައް ކުރިމަތިކުރުވި ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް އިއްވެވުމަށް ބުރާސްފަތި ދުވަހަށް ތަވާލުކުރެއްވުމުން އުފާކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވެޑައިގަތުމުން ދެން ފެނިގެންދާނީ ރާއްޖޭގައި ކުރިން ވެރިކަން ކުރި ހުރިހާ ރައީސުންވެސް މިނިވަންކަމާއެކު އުޅުއްވާތަންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވެސް އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ރައީސް ޔާމީނުގެ މައްސަލަ އިންސާފުވެރިކަމާއެކު އަވަހަށް ނިންމަވައިދެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން، ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އޭރުގެ ސަރުކާރުގައި ރައީސް މުއިއްޒު އެދިވަޑައިގަތުމުންނެވެ.