- Advertisement -ad image

ގުޅިފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން އެމްޓީސީސީއަށް

ad image

ގުޅުންހުރި ލިޔުންތައް


ކ.ގުޅިފަޅު އަދި ކ.ގިރާވަރު ފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެ ދެ ފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާ ގުޅޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓިސީސީއާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ޠަޢާމް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒިޔާދުއެވެ.

މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔާތްކުރުމުގެ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމާއި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. މި މަސައްކަތް އެމްޓީސީސިއާއި ހަވާލުކޮށްފައިވަނީ 5 މަސްދުވަހުން ނިންމާގޮތަށެވެ.

ނިމިދިޔަ ސަރުކާރުން ގުޅިފަޅުން ހިއްކަން ނިންމާފައި އޮތީ 150 ހެކްޓަރުގެ ބިމެވެ. އަދި ގިރާވަރު ފަޅުން ހިއްކަން ނިންމާފައި އޮތީ 160 ހެކްޓަރެވެ. ނަމަވެސް ގުޅިފަޅު އަދި ގިރާވަރު ފަޅުން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
އެގޮތުން ގުޅިފަޅަށް އިތުރު 85 ހެކްޓަރު އަދި ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކަން ރައީސް ވަނީ ނިންމަވާފައެވެ.

ސަރުކާރުން މިހާރު ވަނީ މި ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭންވެސް އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭންގެ އެކުލަވާލުމާއެކު ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވާ 5432 ގޯތީގެ ތެރެއިން، 1347 ގޯތި ގުޅުފަޅަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެ ފުރުޞަތަށް ކުރިމަތިލުމަށް މިހާރު އޮތީ ހުޅުވާލާފައެވެ.

މީގެއިތުރުން ގުޅިފަޅުގައި އަޅަން ނިންމި ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމެވުން އެކަމަށް ހާއްސަކޮށްފައި އޮތް 60 ހެކްޓަރެއްހާ ބިމުންވެސް ގޯތި ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ގުޅިފަޅާ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވަނީ ބޯހިޔާވަހިކަމާއި ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި ހިތްހަމަޖައްސާލުމަށް ނިކުމެލާގޮތަށް %8 ގްރީން ސްޕޭސްވެސް ހިމެނޭގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ