- Advertisement -ad image

ރައީސް މުއިއްޒު ޔަގީންކޮށްދެއްވީ ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއެއްކަން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޔަގީންކޮށްދެއްވީ ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއެއްކަން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިގޮތަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ ވަނީ ޔާމީން މިނިވަންވުމުން މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ރައީސް ސާބިތުކޮށް ދެއްވައިފި ކަމަށް ވިދާޅުވިއެވެ. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން ކަށަވަރުކޮށް ދެއްވައިފާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022ގަ އެވެ.
ހައިކޯޓުން އެމަނިކުފާނު މިނިވަން ކޮށްފައިވަނީ ޖަލު ހުކުމް ކުރިތާ 480 ދުވަސް ފަހުންނެވެ. އަދި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ 149 ވަރަކަށް ދުވަސް ފަހުންކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ