- Advertisement -ad image

ވެލާނާ އެއަރޕޯޓުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ޓީމު މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު ޓެކްނިކަލް ޓީމަކުން އެމްއޭސީއެލްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ވެލާނާ އެއަރޕޯޓުން މިއަދު އެންމެ ފުރަތަމަ ކަރަންޓު ގޮސްފައިވަނީ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް މިހާރު ވަނީ އަލުން އެއާޕޯޓަށް ކަރަންޓު ދީފައެވެ.

އެކަމަކު ކަރަންޓައް ދިމާވި މައްސަލަ އެއްކޮށް ހައްލެއް ނުވެއެވެ.

ފަހުމީ ވިދާޅުވީ، ވެލާނާ އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު ޓެކްނިކަލް ޓީމަކުން އެމްއޭސީއެލްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

“ވަކި ދުވަހެއް، ވަކި ވަގުތެއް ނުބަލައި، ސްޓެލްކޯ ނޫން ފަރާތްތަކުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށްވެސް މައްސަލައެއް ދިމާވާ މިފަދަ ކޮންމެ ފަހަރަކު ޚިދުމަތް ހޯދާ ރައްޔިތުންގެ ޙައްޤުގައި ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަރުބަލިކަމެއް ފޫހިކަމެއް ނެތި، ދައްކައިދެނީ ޤައުމީ ރޫޙާއި އިޚުލާސްތެރި ޚިދުމަތުގެ ދެވަނައެއް ނެތް މިސާލެއް.”. ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވަނީ އެކަމަށްޓަކައި ފަހުރުވެރިކަމާއިއެކު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ