- Advertisement -ad image

ޕީއެންސީ މަޖިލިސް ކެމްޕެއިންގެ ބޮޑު ހިނގާލުން ހޮނިހިރު ދުވަހު

ad image

ގުޅުންހުރި ލިޔުންތައް


“ދިވެހީންގެރާއްޖެ މަޖިލީހަށް” ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެންޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުން “ދިވެހީންގެ ހިނގާލުން” މާދަމާ ބާއްވަން ނިންމައިފިއެވެ.

ޕީއެންސީން ބުނީ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 3:30ގައި ރަސްފަންނު ސަރަހައްދުން ކަމަށާއި މަޖީދީމަގުން ހިނގާލުން ކުރިއަށް ގޮސް ނިންމާލާނީ 5:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދަށް ކަމަށެވެ.
މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަަދި އާއްމުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން އޮންނާނީ 21 އެޕްރީލްވާ އާދިއްތަ ދުވަހުގެ ހެނދުނު 8 ން ހަވީރު 5:30 އަށެވެ.
މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ