- Advertisement -ad image

އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް: ރައީސް ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީން ވެރިކަމުގެ ދަޢުރު ނިންމާލީވެސް ވަޢުދުވި ކަންކަމާ ޚިލާފުވެގެންކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރަޓްސްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޢިއުލާންކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އޮތްތާންގައި ކަމަށެވެ. އޭގެބަދަލުގައި ދަޢުލަތަށްވީ އިތުރު ބުރަތަކެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުންފަދަ މުހިންމު ބަދަލުތަކެއް 2008ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަންފެށިކަމަށެވެ. ނަމަވެސް ރައީސް ޞާލީހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބިކަމަށެވެ. ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔާފައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއްކަމަށް ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން ގެދޮރުވެރިކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. ނަރުދަމާ ވިއުގަ މަތިން ގޯތި ދޫކުރީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އީޤްތިޞާދު ކުރިއެރުވުމަށްބުނެ ކުރި މަސައްކަތްތައްވެސް ހުރީ ހުރިގޮތަށްކަމަށާއި އޭގެ ބަދަލުގައި ބޮޑުވެގެންދިޔައީ އިންތިހާއަށް ދަރަނިކަމަށެވެ. އަދި އޭރު ސަރުކާރުން ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން އަނެއްކާވެސް ރާއްޖެ ޖެހުނީ ދަރަނީގެ ދަންތުރައެއްގަ ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ވިދާޅުވިއެވެ. އެގޮތުން ދަޢުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. އަނެއްކާ މޮޔަ ބަކައްޓެއް ވައްވައް ޖަހަން ފަށައިފި. ބަލަ ކަލޭގެ ނާގާބިލުކަމުން މަޖިލީހުގެ ރައިސްކަމުން ބޭރު ކުރަންޖެހުމަކީ އެމްޑީޕީ ގެ މައްސަލައެއްނޫން. މާބޮޑަށް ޒާތީ މިހާރު ތިޔަވަނީ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ