- Advertisement -ad image

ދެ މީހުނާއެކު މަހަށް ނިކުން ދޯންޏެއް ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ހުކުރު ދުވަހު ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން މިދޯނި ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:06 އެހާކަންހާއިރު ފުލުހުން ހާމަކުރެއެވެ.

އަދި މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށާއި އަދި މިކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް އާ ވަނީ ހިއްސާކުރެވިފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ދޯނީގައި މަހަށް ގޮސްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.

މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅުއްވައި އެމަޢުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ހޯދުމަށް މ މުލީގައި އޮންނަ ކޯސްޓްގާޑް ހާބަރކްރާފްޓް 114 ރޭގެ 2320 އިން ފެށިގެން ހޯދުމުގެ މަސައްކަތްކުރަމުން ދާައިރު ވައިގެ މަގުންވެސް ހޯދުމުގެ މަސައްކަތްވަނީ ފަށާފައި ކަމަށެވެ.
އަދި ކޯސްޓްގާޑުގެ ފާަސްޓް އިންޓަރސެޕްޓަރ ކްރާފްޓް’ މާފަތް’ ވެސް ދަނީ ދޯނި ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް އެ އުދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ