- Advertisement -ad image

ސަރުކާރު ހިންގާ ޕީއެންސީން މަޖިލިސް ކެމްޕެއިން ނިންމާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ބޮޑު ހިނގާލުން ޕީއެންސީން ނިންމާލައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުން މިއަދިލު ހަވީރު 4 ޖެހިއިރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. މި ހިނގާލުން ނިންމާލާފައިވަނީ އާރޓިފިޝަލް ބީޗަށެވެ.
މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަަދި އާއްމުން ބައިވެރިވިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން އޮންނާނީ 21 އެޕްރީލްވާ އާދިއްތަ ދުވަހުގެ ހެނދުނު 8 ން ހަވީރު 5:30 އަށެވެ.
މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ