ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާން ހަމަޖެހިފައިވާ 602 ފޮއއޓަށް މިހާރު ވޯޓުލުން ފެށިފައިވާކަމަށެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ބަހައްޓައެވެ.
ބައެއް މަރުކަޒުތަކުގައި އެކި ސަބަބުތަކާ ހެދި ވޯޓުލުން ލަސްވިނަމަވެސް، މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފެށުނު ފަހުން މިހާތަނަށް ވޯޓުލުމުގެ ހުރިހާކަމެއް ވެސް ވަރަށް އަމާންކަމާއެކު ކުރިއަށްދެއެވެ.
ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސް، އަވަހަށް ވޯޓުލާ ނިންމުމަށް އިލެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.