- Advertisement -ad image

ދާއިރާ ފަހުރުވެރިވާފަދަ ހާދިމަކަށް ވާނަން: ހެންވެއިރު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު އައިފާން

ad image

ގުޅުންހުރި ލިޔުންތައް


ހެންވެއިރު އުތުރު ދާއިރާ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވާނެ ކަމަށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އައިފާން މިހެން ވިދާޅުވީ ހެންވެއިރު އުތުރު ދާއިރާގެ ގޮނޑި އޭނާއަށް ކާމިޔާބުވުމުން އެކްސް ގައި ކުރެއްވި ޕޯސްޓެެއްގައެވެ.
އައިފާން ވިދާޅުވީ ‏ދާއިރާގެ ރައްޔިތުންނަށް ވީ ވައުދުތަށް ހަނދާނުން ކައްސާލިޔަނުދޭނެ ކަމަށާއި ދާއިރާ ފަހުރުވެރިވާފަދަ ހާދިމަކަށް ވާނެ ކަމަށެވެ.
އަދި އައިފާންވަނީ އިންތިހާބު ކާމިޔާބުވުމުން ހެންވެއިރު އުތުރު ދާއިރާގެ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.
ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް މުއިއްޒު ފަހަތަށް ޖައްސައިލުމަށްފަހު އެވެ. އެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު އައިފާން އަށް 674 ވޯޓު ލިބިވަޑައިގެންނެވި އިރު، މުއިއްޒަށް ލިބިވަޑައިގަތީ 307 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ