- Advertisement -ad image

އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފުން އެހީވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ހއ.ފިއްލަދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު “އޮއިވާލި” ނަމަކަށް ކިޔާ ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނުވަ މީހުންނާއެކު ދަތުރުކުރި އެ ދޯނި، ހއ.އަލިދޫގެ އިރުން 1 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ހުކުރު ދުވަހު ހަވީރު 17:07 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތް މީހަކު ވަނީ ރޭ 18:40 ހާއިރު ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ. ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި މިހާރު އެ ދޯނި ވަނީ ކުޅުދުއްފުށީ ބަނދަރަށް ވައްދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ