- Advertisement -ad image

މެޑިސިން ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެކަމެއް ނުކުރާނަން: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް

މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، ތައުލީމީ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވާކަމަށް ރައީސްއޮފީހުން ބުނެފިއެވެ.

އިއްޔެ ރޭ ރައީސްއޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަނީ އައިޖީއެމްއެޗް އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މި މައްސަލާގައި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލު ގޮތެއްގައި ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުވާނެ ކަމުގެ ޔަގީންކަން ދީފައިވާއިރު، މެޑިސިން ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ރަނގަޅު ފެސިލިޓީއެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަންވެސް ދީފައިވެއެވެ.

ރައީސްއޮފީހުން ބުނީ މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، ތައުލީމީ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވާކަމަށް ބުނެފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދީގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަމަށްވެސް އެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމާއި ގުޅިގެން އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބައްދަލުވުން އިންތިޒާމުކޮށް ބާއްވައިދިން ކަމަށްޓަކާ ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. މީގެއިތުރުން ސަރުކާރުގެ ފަރާތުން މި ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގި ފިލާގައި ތިބެވޭނެކަމަށް ކުރާ އުންމީދުވެސް އާވެފައިވާކަމަށް ވަނީ ބުނެފައެވެ.

މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލު ކުރަން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ނިންމުމާއި ގުޅިގެން ދަރިވަރުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ