- Advertisement -ad image

މަހިބަދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މީޑިއަމް ވޯލްޓޭޖް ނެޓްވޯރކަކަށް ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އދ. މަހިބަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކަކަށް ބަދަލު ކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ އދ. މަހިބަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އެ ރަށުގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމްކޮށްފައިވާ ކަމަށެވެ.
އަދި މަހިބަދޫގެ ކަރަންޓުގެ ވިއުގަ ލޯ-ވޯލްޓޭޖް ނެޓްވޯކަކުން މިހާރު މީޑިއަމް ވޯލްޓޭޖް ނެޓްވޯކަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އދ. އަތޮޅުގައި ސްޓެލްކޯއިން ޚިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން މީޑިއަމް ވޯލްޓޭޖް ވިއުގައެއް ޤާއިމް ކުރެވުނު ފުރަތަމަ ރަށުގެ ޝަރަފާއެކު، މަހިބަދޫގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލު ކުރެވި އެކަމުގެ ފަސޭހަތައް މަހިބަދޫގެ ރައްޔިތުންނަށް މިހާރު ދަނީ ލިބެމުން ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ