- Advertisement -ad image

ޙައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ޙައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށައިފން ކުރާ ދަތުރުތަކުގެ އަގުހެޔޮކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

މިރޭ “އެކްސް”ގައި ޝަކީލް ވިދާޅުވީ ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށެވެ.

އެހެންކަމުން ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝަކީލްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ. 

އަދި އެކަމަށްޓަކައި، ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާކަމަށް ޝަކީލް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ވަނީ މި އަހަރުގެ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މި ބަދަލަކީ ވެސް ހައްޖު ދަތުރަށް ކުރާ އަގު ހިފަހެއްޓުމަށް ބާރު އެޅުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ