- Advertisement -ad image

ހުޅުމާލޭގައި މީޑިއާތަކަށް ޚާއްސަކޮށް މީޑިއާ ވިލެޖެއް ޤާއިމް ކުރުމަށް ބިން ކަނޑައަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި މީޑިއާތަކަށް ޚާއްސަކޮށް މީޑިއާ ވިލެޖެއް ޤާއިމް ކުރުމަށް ބިމެއް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީއެސްއެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނީ ރައްޔިތުން އިތުބާރުކުރާ ސަރުކާރެއް ނޫސްވެރިންގެ ކަންކަމާއި މެދު އަޅާލުމަށް އޮތުން ކަމަށެވެ.

އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ހިދުމަތުގެ އަގުވަޒަން ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި ކުރިއެރުވުމަށް ވެވަޑައިގެންނެވި ވައުދުތައް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މީޑިއާތަކަށް މާލީ މިނިވަންކަން ދިނުމަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް އެކަމާއި ގުޅޭ އުޞޫލެއް މިހާރު ވަނީ އެކުލަވާލާފައިވާކަމަށާއި، އޭގެ އިތުރުން ހުޅުމާލޭގައި މީޑިއާތަކަށް ޚާއްސަކޮށް މީޑިއާ ވިލެޖެއް ޤާއިމް ކުރުމަށް ބިން ވަނީ ކަނޑައަޅުއްވާފައިވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންނަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ