- Advertisement -ad image

6 ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް ދަނީ

ad image

ގުޅުންހުރި ލިޔުންތައް


މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި 3 ކައުންސިލެއްގެ މެންބަރާއި 2 ކައުންސިލެއްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ 6 ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި ހއ. އުތީމާއި، ނ. ލަންދޫއާއި، ނ. ވެލިދޫ ކައުންސިލްގެ މެންބަރުގެ އިތުރުން ހއ. ތަކަންދޫއާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.

މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 11 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި ވޯޓުލުމަށް 3 ފޮށި ބަހައްޓާފައިވާއިރު، މި ފޮށިތައް ހުންނާނީ ދަރުބާރުގޭގައެވެ. އަދި އަތޮޅުތަކުގައި 9 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ވެލިދޫގައި 3 ފޮށި ބަހައްޓާފައިވާއިރު ބާކީ އޮތް 5 ރަށުގައި ބަހައްޓާނީ އެންމެ ފޮއްޓެކެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފާވަނީ ހެނދުނު 8 ޖެހިއިރުއެވެ. އަދި ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ. މި ބައި-އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ