- Advertisement -ad image

ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ފަރަޤުވާ އަދަދު އަންނަ މަހުގެ ބިލްތަކުން އުނިކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިރޭ “ފޭސްބުކް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް  ނިމިދިޔަ ރަމަޟާން މަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތަކަށް ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ތަންފީޒުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރޯދަ މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓް ހިމެނުމަށް ފަހު، މިރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލު ދެ ބިލަކަށް ބެހިގެން ދިޔައިރު، މިމަހު ލިބުނު ބިލަށް ޑިސްކައުންޓް ނުލިބޭތީ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ސަރުކާރުން ނިންމީ އެ ބިލަށް ވެސް ޑިސްކައުންޓް ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ